މަޤުޞަދު

މަޤުޞަދު

މަޤުޞަދު

އަޅުގަނޑުމެން

image
image
image
image
image
image

މަޤުޞަދު

ޢީސާ އާޓްސް ފައުންޑޭޝަންގެ ކޮންމެ މަސައްކަތެއްވެސް ކުރަމުންދާނީ ފަންނީގޮތުން އެވަގުތަކަށް އެތަނެއްގައި ކުރެވެން އޮތް އެންމެ ފުރިހަމައަކަށެވެ. މި ދާއިރާތަކުން ފަންނީ އެހީތެރިކަމާއި ތަމްރީނު ހޯއްދެވުމަށް އަޅުގަނޑުމެން ޚިޔާރު ކުރައްވައިފިނަމަ، ތިޔަ ބޭފުޅުންގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ފެންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަމެއް ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ. އަޅުގަނޑުމެނާ ގުޅިގެން މަސައްކަތް ފައްޓަވާށެވެ.

އަޅުގަނޑުމެން އުނގަންނައިދިނުމަށް ތައްޔާރުކޮށްފައިވާ އެންމެހައި ލިޔެކިޔެމާއި ވީޑީއޯ ފިލާވަޅުތަކާއި އަދި އޯޑީއޯ ފިލާވަޅުތަކަކީ ވަރަށް ބޮޑެތި ދިރާސާތަކަކަށްފަހު ވިސްނުންތެރިކަމާއިއެކު ތަޖުރިބާކާރު ޓީމަކުން އުފައްދާ އަދި އަމަލީގޮތުން ތަޖުރިބާކޮށްފައިވާ އިތުބާރު ފަންނީ މަސައްކަތް ތަކެކެވެ. މިހައިތަނަށް އަޅުގަނޑުމެެން ކިޔަވައިދިން އެންމެހައި ފަރާތްތަކުން އެކަން ފާހަގަ ކުރައްވާފައިވެސް ވެއެވެ. އަދި ތަކުރާރުކޮށް މިފަދަ ޚިދުމަތްތައް ހޯއްދަވާކަންވެސް އުފަލާއެކު ފާހަގަކުރަމެވެ.

އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ، ކަމަށް ޤާބިލް ފަންނީ ހުނަރުވެރި މުދައްރިސުން މެދުވެރިކޮށް، މިޔުޒިކާ ކުރެހުމާއި ޅެންވެރިކަމާއި އަދަބިއްޔާތުގެ ހުރިހާ ފަންނެއްގައި ރާއްޖޭގެ މިއަދުގެ ދިވެހި ޖީލަށް ބޭނުންވާނޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމާއިއެކު މި އެންމެހައި ފަންނުތަކަށް އަހުލުވެރި ކުރުވައި، ތަމްރީނު ކުރުމެވެ. މިއިން ކޮންމެ ދާއިރާއަކުން ފުރިހަމަ ތަޖުރިބާ ޙާޞިލް ކުރައްވާފައިވާ މުދައްރިސުން އަޅުގަނޑުމެންގެ ޓީމުގައި ތިބިކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.

image
image
image
image
image
image

އަޅުގަނޑުމެންގެ ތާރީޚް

އަޅުގަނޑުމެން މިފަދަ މަސައްކަތްތަކުގައި ސާޅީހަކަށް އަހަރު ހޭދަކޮށްފީމެވެ. އެއީ ލަވަހެދުމާއި މިޔުޒިކުކުޅުމާއި ރެކޯޑުކުރުމާއި ފޮޓޯނަގާ އެޑިޓް ކުރުމާއި ވީޑީއޯ އަދި އޯޑީއޯގެ އެންމެހައި ކަންކަމުގައެވެ.

އަޅުގަނޑުމެން 2018 ވަނަ އަހަރުގެ ކުރީކޮޅުގައި ފެއްޓި އުނގަންނައި ދިނުމުގެ އެކި ޕްރޮގްރާމްތައް ސީދާ މުދައްރިސުން ރަށްތަކަށް ގޮސްގެންނާއި އޮންލައިން މަންސަ ތަކުގައި ވޭތުވެދިޔަ 7 އަހަރު ތަޖުރިބާކޮށްފީމެވެ.

ޢީސާ އޮންލައިން ޕޮއެޓްރީގެ ނަމުގައި ކޮވިޑްގެ ދުވަސްވަރު ފެއްޓި އޮންލައިން ކޯސްތަކުގައި ތިން ހާހެއްހައި ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން އެކި ފަހަރުމަތިން ތަމްރީނުކޮށްފައި ވާނެއެވެ.

މިގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި އޮކްޓޯބަރު 2025ގައި، ޢީސާ އާޓްސް ފައުންޑޭޝަންގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާ، ކުރިން ކުރަމުންދިޔަ ކަންކަމުގެ އިތުރަށް ތަފާތު އެތައްކަމެއް ތަޢާރަފުކޮށްފައި ވާނެއެވެ. އެގޮތުން ސާނަވީ އަދި މަތީ ސާނަވީ ކްލާސްތަކުގެ ދަރިވަރުންނަށް ދިވެހި މާއްދާގެ އެންމެހައި ބައިތައް، ކަމަށް އެކަށޭނަ ތަޖުރިބާކާރު ފަންނީ މުދައްރިސުން މެދުވެރިކޮށް އުންގަންނައިދޭން ފަށާފައި ވާނެއެވެ.

ބައެއް ޙަރަކާތް ކުރުކޮށް

ވަކި އުމުރެއް ވަކި ޖިންސެއް ތަފާތުކުރުމެއްނެތި އަޅުގަނޑުމެން އުނގަންނައި ދިނުމުގެ ޚިދުމަތް ދެމެވެ. އަދި ކިޔަވައިދީ ނިމުމުން ވެސް އިތުރު ފަންނީ އެހީތެރިކަން ދެމެވެ.