ކޮންކަމެއް ކުރާ ބައެއް؟
ލަނޑުދަނޑި
ޢީސާ އާޓްސް ފައުންޑޭޝަންގެ ކޮންމެ މަސައްކަތެއްވެސް ކުރަމުންދާނީ ފަންނީގޮތުން އެވަގުތަކަށް އެތަނެއްގައި ކުރެވެން އޮތް އެންމެ ފުރިހަމައަކަށެވެ. މި ދާއިރާތަކުން ފަންނީ އެހީތެރިކަމާއި ތަމްރީނު ހޯއްދެވުމަށް އަޅުގަނޑުމެން ޚިޔާރު ކުރައްވައިފިނަމަ، ތިޔަ ބޭފުޅުންގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ފެންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަމެއް ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ. އަޅުގަނޑުމެނާ ގުޅިގެން މަސައްކަތް ފައްޓަވާށެވެ.
އަޅުގަނޑުމެން އުނގަންނައިދިނުމަށް ތައްޔާރުކޮށްފައިވާ އެންމެހައި ލިޔެކިޔެމާއި ވީޑީއޯ ފިލާވަޅުތަކާއި އަދި އޯޑީއޯ ފިލާވަޅުތަކަކީ ވަރަށް ބޮޑެތި ދިރާސާތަކަކަށްފަހު ވިސްނުންތެރިކަމާއިއެކު ތަޖުރިބާކާރު ޓީމަކުން އުފައްދާ އަދި އަމަލީގޮތުން ތަޖުރިބާކޮށްފައިވާ އިތުބާރު ފަންނީ މަސައްކަތް ތަކެކެވެ. މިހައިތަނަށް އަޅުގަނޑުމެެން ކިޔަވައިދިން އެންމެހައި ފަރާތްތަކުން އެކަން ފާހަގަ ކުރައްވާފައިވެސް ވެއެވެ. އަދި ތަކުރާރުކޮށް މިފަދަ ޚިދުމަތްތައް ހޯއްދަވާކަންވެސް އުފަލާއެކު ފާހަގަކުރަމެވެ.
އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ، ކަމަށް ޤާބިލް ފަންނީ ހުނަރުވެރި މުދައްރިސުން މެދުވެރިކޮށް، މިޔުޒިކާ ކުރެހުމާއި ޅެންވެރިކަމާއި އަދަބިއްޔާތުގެ ހުރިހާ ފަންނެއްގައި ރާއްޖޭގެ މިއަދުގެ ދިވެހި ޖީލަށް ބޭނުންވާނޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމާއިއެކު މި އެންމެހައި ފަންނުތަކަށް އަހުލުވެރި ކުރުވައި، ތަމްރީނު ކުރުމެވެ. މިއިން ކޮންމެ ދާއިރާއަކުން ފުރިހަމަ ތަޖުރިބާ ޙާޞިލް ކުރައްވާފައިވާ މުދައްރިސުން އަޅުގަނޑުމެންގެ ޓީމުގައި ތިބިކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.
ބައެއް ޙަރަކާތް ކުރުކޮށް
ވަކި އުމުރެއް ވަކި ޖިންސެއް ތަފާތުކުރުމެއްނެތި އަޅުގަނޑުމެން އުނގަންނައި ދިނުމުގެ ޚިދުމަތް ދެމެވެ. އަދި ކިޔަވައިދީ ނިމުމުން ވެސް އިތުރު ފަންނީ އެހީތެރިކަން ދެމެވެ.









